
މީރުމާ ހޮޓެލްގައި މިއަދު ބޭއްވި އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސް ނުވަތަ އިންތިހާބަށް ނަން ހުށައެޅުއްވީވެސް ޓޮމް އެކަންޏެވެ. އޭނާ ނަން ހުށައެޅުއްވީ މެމްބަރު ހުރިހާ ކުލަބުތަކެއްގެ ތާއިދާއެކުއެވެ.މީގެ ކުރިން 2016 ގައި ވެސް އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގް ވަޑައިގެންނެވި އެވެ. އެކަމަކު ހަތަރު މަސް ނުވަނީސް، އޭރުގެ އެކްސްކޯގައި ހިމެނުނު ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާދީ ތޯރިގްގެ ބާރުކަނޑުވާލި އެވެ.މިދިޔަ އެއް އަހަރު އެފްއޭއެމް އޮތީ ފީފާގެ ނޯމަލައިޒޭޝަން ހާލަތުގަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެދަށުން އަސާސީ ގަވާއިދު އިސްލާހު ކުރި އެވެ. އެކްސްކޯގައި ތިން ނައިބު ރައީސުންނާއި އަންހެން ދެ މެންބަރުން ތިއްބަވާގޮތަށް ޖުމުލަ 10 މެންބަރުންގެ އެކްސްކޯ އަށް އަސާސީ ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.ތޯރިގްގެ ނައިބު ރައީސުންނަކީ ސީނިއާ ވައިސް ޗެއާމަނުން ކަމަށްވާ އަލީ އިބްރާހީމް (ކައްޕި) އާއި، މުޖުތަބާ ޖަލީލް (މުޖޭ)ގެ އިތުރުން މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.މި އެކްސްކޯގައި ދެން ހިމެނޭ މެންބަރުންނަކީ ގޯލްޑް ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރ މުހައްމަދު އުމެއިރު އާއި ޓީސީ ސްޕޯޓްސްގެ ޗެއާމަން އަހުމަދު އައްބާހާއި ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާނުގެ އިތުރުން އޮޑި ސްޕޯޓްސްގެ އަބްދުﷲ ނާސިހެވެ.މީގެ އިތުރުން އަންހެން ދެ މެންބަރުންނަކީ ހައްވާ ނަސްރާ ސައީދު އާއި ހައްވާ ރަޝީދާއެވެ.