
ނަވާރަ އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ވަޑައިގެންނެވިއިރު، މި ދަތުރުގައި އިންފަންޓީނޯ އެފްއޭއެމްގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ވެރިންނާއި ރާއްޖޭގެ ކުލަބުތަކާއި ބައްދަލު ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް މައުލޫމާތުލިބެ އެވެ.ފީފާގެ ރައީސަކު އެންމެ ފަހުމް ރާއްޖެއަށް ދަތުރެއް ކޮށްފައިވަނީ 2006 ވަނަ އަހަރު އޭރުގެ ފީފާ ރައީސް ސެޕް ބްލެޓާ އެވެ.އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން އިންފަންޓީނޯ ނުކުމެވަޑައިގަތުމާ އެކު އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި، ސަގާފީ ބައެއް ހުށަހެޅުންތައް އޭނާއަށް ވަނީ ދައްކާލާފައެވެ. އޭނާގެ އިސްތިގުބާލުގައި ކުޅިވަރާ ގުޅުންހުރި އެކި ފަންތީގެ ބޭފުޅުން އެއާޕޯޓަށް ވަޑައިގެން ތިއްބެވި އެވެ.ދަތުރުފުޅުގެ ތެރެއިން އިންފަންޓީނޯއާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ. އެ ބައްދަލުކުރެއްވުމުގައި ފުޓުބޯޅައިގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ވަނީ ހަމަޖެހިފަ އެވެ.އެއަށް ފަހު، އިންފަންޓީނޯގެ ޝަރަފުގައި ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅެން ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.