ވިޔަފާރި
ގައުމީ އެއާލައިން ބޯޓުތަކުގައި ތާނައިން ރާއްޖޭގެ ނަން
ރާއްޖޭގެ 60ވަނަ މިނިވަން ދުވަހާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނައަކުރުން "ދިވެހިރާއްޖެ" ޖަހަން ނިންމައިފި އެވެ.

ގައުމީ އެއާލައިނުން ބުނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ބޯޓުތަކުގައި "ދިވެހިރާއްޖެ" ނަން ލިޔަން ފަށާފައިވާ ކަމަށެވެ. ރާއްޖޭގެ ނަން ތާނައިން ލިޔެފައި ހުރީ މޯލްޑިވިއަންގެ ބޯޓުތަކުގެ ބޭރުގައި ކުރަހާފައިވާ ރާއްޖޭގެ ދިދައިގެ ތިރީގަ އެވެ.

އެކަމާ ގުޅިގެން ދިވެހިބަހާއި ސަގާފަތާބެހޭ މިނިސްޓަރު އާދަމް ނަސީރު ވަނީ މަރުހަބާ ދަންނަވައިފަ އެވެ.

މޯލްޑިވިއަންގެ ބޯޓުތަކުގެ ލިވެރީއަށް ގެނައި ބަދަލާ ގުޅޭގޮތުން އެއާލައިން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ ގައުމީ އެއާލައިންގެ ހައިސީއްޔަތުން "ދިވެހިރާއްޖެ" މި ބަސް އުދުހުންތަކުގައި ބޭނުންކުރަން ލިބޭ ފުރުސަތަކީ އެ އެއާލައިނަށް ލިބޭ ފަޚުރެއް ކަމަށެވެ.

މިއަހަރަކީ މޯލްޑިވިއަނަށް މުހިންމު އަހަރެއްކަން ފާހަގަކޮށް ސަލީމް ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުތައް އުދުހޭއިރު ގައުމީ އެއާލައިނުން ދިވެހި ސަގާފަތާއި އަމިއްލަވަންތަކަން ހިފެހެއްޓުމަށް ދޭ ސަމާލުކަން ފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު