ޚަބަރު
އާރްޑީސީގެ އެމްޑީކަމަށް ނަޒީމް އައްޔަންކޮށްފި
ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ނަޒީމް މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީ.ސީ.ބީން ވިދާޅުވީ، އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުން އަލީ ޒުހައިރު ވަކިކޮށް، އެ މަގާމަށް މއ. އެލީޒިއަމް އިބްރާހީމް ނަޒީމް މިއަދު އައްޔަނުކުރައްވާފައިވާކަމަށެވެ. އަދި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް އަލީ ޒުހައިރު އައްޔަނުކުރައްވާފައިވާކަމަށެވެ. 

ނަޒީމް ވަނީީ ކުރިން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވައިފަ އެވެ. އަދި މަގުތައް ހެދުމާއި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށް އުފެއްދި ކުންފުނި (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް ވެސް ނަޒީމް ފުރުއްވި އެވެ.

އާރުޑީސީން ނަޒީމް އޭރު ވަކިކުރީ ކޮރަޕްޝަންގެ ތުހުމަތުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު