
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް އިސްމާޢިލް ހަޙަމީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމް އެވެ.ހައުސިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފައިވަނީ ގއ. ވިލިނގިލީގެ މަގު ހެދުމުގެ 3 ވަނަ ފިޔަވައްސާއި، ހއ. އުލިގަމު އަދި ރ. މާކުރަތުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތެވެ.