ވިޔަފާރި
އެސްޓީއޯގެ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި
އެސްޓީއޯއިން ވަރަށް ހާއްސަ "ބެކް ޓު ސްކޫލް ޕްރޮމޯޝަން" ޕީޕަލްސް ޗޮއިސްގައި ފަށައިފިއެވެ.

އިއްޔެއިން ފެށިގެން މަސް ދުވަހަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގަައި ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ކާބޯތާކެތި ހެޔޮ އަގެއްގައި ލިބެން ހުންނާނެއެވެ.

އޭގެތެރޭގައި، އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގާ ބްރޭންޑްގެ ހުރިހާ އުފެއްދުމެއް ވެސް ލިބެން ހުންނާނެއެވެ. މީގެއިތުރުން، ކުއިކްބެރީ އަދި ނަބާޓި ބެރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓް ތަކެއް ލިބެން ހުންނާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން، މި ބްރޭންޑް ތަކުން 100 ރުފިޔާއަށް ވުރެ ގިނައިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަންގެ ގުރުއަތު ނެގުން އޮންނާނީ ޕްރޮމޯޝަން ނިމުމަށް ފަހުގައެވެ. ގުރުއަތުން ހޮވޭ ވަރަށް ހާއްސަ 3 ކަސްޓަމަރަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު "ޕީކަބޫ" ފިހާރައިގެ އަގުހުރި ތިން ގިފްޓް ވައުޗަރު ލިބިގެން ދާނެ އެވެ. އެގޮތުން އެއް ވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 5،000ރ، ދެ ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 2،500ރ އަދި ތިން ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 1،500ރ ގެ ވައުޗަރެއް ލިބިގެންދާނެ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިއްމު ގިނަ ސާމާނުތަކުން ބޮޑު ޑިސްކައުންޓްތަކެއް ވެސް ލިބޭނެއެވެ. ހަމަ އެއާއެކު ދެ ޕްރޮޑަކްޓެއް ގަތުމުން ހިލޭ އެކަތި ލިބުމުގެ ފުރުސަތު ވެސް އެސްޓީއޯގެ ކަސްޓަމަރުންނަށް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން ކުރިޔަށް ދާނީ ގުރުއަތު ޕްރޮމޯޝަން ނިމުމުންކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު