ވިޔަފާރި
އެސްޓީއޯ އިން ވަންޑޭމޯ ގެ ޕްރޮޑަކްޓްތައް ރާއްޖެއަށް
އެސްޓީއޯއިން ތައާރަފްކުރި "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓްތައް
އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓް ރޭންޖް ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.

ޔޫރަޕްގެ މަޝްހޫރު މި ޕްރޮޑަކްޓްތައް ތައާރަފު ކުރީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

މި ހަފްލާ ޝަރަފްވެރިކޮށް ދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓާ އައިޝަތު ޝިފާނާ ވަޖީހެވެ. ޝިފާނާ ވަނީ މި ޕްރޮޑަކްޓްތަކާއި ގުޅޭ ސިއްހީ ފައިދާތަކުގެ މައުލޫމާތު ދެއްވާފަ އެވެ.

"ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑް" އެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ގްރެނޯލާ، މޫސްލީ އަދި އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެ އެެވެ.

މި ޕްރޮޑަކްޓްތަކަކީ ހެނދުނުގެ ނާސްތާ ގަޑިއަށް ހާއްސަ އަދި ދުވަހުގެ އެހެން ގަޑިތަކުގައިވެސް ކާލެވޭ، މީރު އުފެއްދުންތަކެކެވެ. މިއީ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދެއްމާ ފަރާތްތަކަށް، ކޮންމެ ދުވަހެއްގެ ކެއުންތަކަށްވެސް އިތުރު ކޮށްލެވޭނެ، ހަށިގަނޑަށް ފައިދާ ހުރި އުފެއްދުމެކެވެ.

މި ބްރޭންޑްގެ ޕްރޮޑަކްޓްތައް ބާޒާރަށް ތައާރަފް ކުރެވިގެން ދިއުމާއިއެކު، ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ. 2 ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ކެމްޕެއިންގައި، "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓް ތަކެއް ލިބިގެންދާނެ އެވެ. 

"ވަން ޑޭ މޯ" ގެ ހުރިހާ ޕްރޮޑަކްޓްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 އައުޓްލެޓުން ލިބޭނެ އެވެ.  


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު