ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓް ލިބި، ގޭސް ލިބުމުގައި ދިމާވި ދަތިތައް އެއްކޮށް ހައްލުކޮށްފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފި އެވެ.
ގޭހުގެ ޑިމާންޑު ބޮޑުތަނުން އުފުލުމާ ގުޅިގެން މި މަހު ކުރީކޮޅުން ފެށިގެން 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ވިއްކަމުން އައީ ފަސް ކިލޯ އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވް ގޭހަށް ގޭހުގެ އާ ޝިޕްމަންޓް ލިބި، ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި ވިއްކަން އަލުން ފަށާފައިވާ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދީފައިވާ ހަމަލާތަކާ އެކު، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ވަނީ ތެލާއި ގޭހުގެ އަގު އުފުލި، އެ ތަކެތި ހޯދުމަށް ދަތިވެފަ އެވެ. ގޭހުގެ ޑިމާންޑު މި ދުވަސްވަރު އިތުރުވެ، ގޭސް ވިއްކުން ލިިމިޓް ކުރަން ވެސް ޖެހުނެވެ.