ވިޔަފާރި
އެސްޓީއޯއިން އިތުރު 1،500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީކުރަނީ
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވިއްކާ ކައްކާ ގޭހުގެ ސްޓޯރޭޖު އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެ ޕްރޮޖެކްޓު ނިމުމުން ދެ މަހާއި 15 ދުވަހުގެ މުއްދަތަށް ގޭހުގެ ސްޓޯރޭޖު މާލެ ސަރަހައްދުގައި ބެލެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެސްޓީއޯގައި މިވަގުތު ހުރީ 1،000 ޓަނުގެ ސްޓޯރޭޖެއް ކަމަށާއި ސްޓޯރޭޖް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.

"މިހާރު އެސްޓީއޯއިން އަޅުގަނޑަށް އަންގާފައި އޮތީ ޕްރޮކިއުމަންޓް ލެވަލްގައޭ އޮތީ އިތުރު 1،500 ޓަނުގެ ސްޓޯރޭޖް މާލެ ސަރަހައްދުގައި ޑިވެލޮޕްކުރަން،" މޫސާ ޒަމީރު ވިދާޅުވި އެވެ.

އެ މަޝްރޫއު މި އަހަރު ނިމޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވާ ކަމަށާއި މި ސްޓޯރޭޖާއެކު ދެ މަހާއި ބައިގެ ސްޓޮކެއް މާލެ ސަރަހައްދުގައި ހުންނާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައްކާ ގޭސް ލިބުމުގައި ރާއްޖެ އަށް އެހާ ބޮޑު ދައްޗެއް ނެތެވެ. ސްރީ ލަންކާ އާއި ބަންގްލަދޭޝް އަށް ގޭސް ސަޕްލައި ކުރަނީ އެއްބައެއް ކަމަށް ވާއިރު އެ މީހުންގެ ކުދިކުދި އުޅަނދުތައް ރާއްޖެ ސަަރައްހަދުގައި ދަތުރުކުރާ ކަމަށް ވިދާޅުވި އެވެ.  

ގޭހުގެ ޑިމާންޑު ބޮޑުވުމާ ގުޅިގެން މިދިޔަ ދެ މަސް ތެރޭގައި މޯލްޑިވް ގޭހުން ވަނީ ގޭސް ވިއްކާ އަދަދު ދެ ފަހަރެއްގެ މަތިން ލިމިޓު ވެސް ކޮށްފަ އެވެ. 

 
ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު