ޚަބަރު
ގުޅީފަޅުން ގޯތި ލިބުނު 843 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފި
ގުޅިފަޅު ރަޖިސްޓްރީ ދޫކުރުން: މިހާތަނަށް ގުޅިފަޅުން 23 ޕަސެންޓު މީހުންނަށް ގޯތި ރަޖިސްޓްރީ ދޫކޮށްފި
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 800 އަށް ވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން ދޫކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މިއަދުގެ ނިޔަލަށް 843 މީހަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ހަވާލުކޮށްފަ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރިން އެ ވުޒާރާ ހިންގި އިމާރާތުގެ ބިމުގަ އެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު