ޚަބަރު
ކަމަދޫ ސްކޫލުގައި ކްލާސްރޫމް އަޅަން ދިނީ އެފްޑީސީއަށް
ބ. ކަމަދޫ ސްކޫލުގެ އާ އިމާރާތް އެޅުމަށް އެފްޑީސީއަށް ދިނުން -- ފޮޓޯ: ރައީސް އޮފީސް
ބ. ކަމަދޫ ސްކޫލުގެ ދެ ކްލާސްރޫމް އަޅަން، ސޯޝަލް ހައުސިން އެޅުމުގެ މަސައްކަތް ކުރާ ސަރުކާރު ކުންފުންނި ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް މިއަދު ހަވާލުކޮށްފިއެވެ.

ބ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކަމަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އެ ސްކޫލު ޖާގައިގެ ދަތިކަން ފާހަގަ ކުރައްވައިފަ އެވެ.

ކަމަދޫ ސްކޫލުގައި ދެ ކްލާސްރޫމް އަޅަން އެފްޑީސީއަށް ހަވާލުކުރީ 5.4 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މައިގަނޑު މަސައްކަތަކީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމެވެ.

މީގެ ކުރިން، ކްލާސްރޫމްތައް އެޅުމާއި މަަރާމާތުކުރުމާއި އެ ނޫން ވެސް މަސައްކަތްތައް އާންމު ގޮތެއްގައި ކޮންޓްރެކްޓުކުރަނީ އަމިއްލަ ކުންފުނިތަކަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު