ދުނިޔެ
ފޯން ކޯލްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑުވަޒީރު މަގާމުން ވަކިކޮށްފި
ޕޭޓޮންގްޓާން ޗިނަވާތު
ތައިލެންޑުގެ ބޮޑުވަޒީރު ޕޭޓޮންގްޓާން ޗިނަވާތު އަމަލުކުރައްވަންޖެހިވަޑައިގަންނަވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ނިންމައި، އެ ގައުމުގެ އެންމެ މަތީ ކޯޓުން އޭނާ މަގާމުން ވަކިކޮށްފި އެވެ.

ކެމްބޯޑިއާ މައްސަލައިގައި އަމަލުކުރާ ގޮތުން ކަމަށް ބުނެ ދުސްތޫރީ ކޯޓުން ޖުލައި 1 ވަނަ ދުވަހުން އޭނާ ސަސްޕެންޑްކުރީ މައްސަލަ ބަލައި ނިމެންދެންނެވެ.

އޭރު ބޮޑުވަޒީރު ޒިންމާތަކުން އެކަހެރިކުރުމަށް ނިންމީ ބޯޑަރުގެ މައްސަލައިގައި ކެމްބޯޑިއާ ދެމެދު އޮތް މައްސަލައިގެ ތެރޭ ބޮޑުވަޒީރު ސުލޫކީ ހަމަތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މައްސަލަ ހުށަހެޅީ އުމުރުން 38 އަހަރުގެ ބޮޑުވަޒީރު ޕޭޓޮންގްޓާން ޗިނަވާތު ކެމްބޯޑިއާގެ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ހުން ސެން އަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވުމާ އެކުގަ އެވެ. އެ ކޯލްގައި އޭނާއަށް ތައިލެންޑުގެ ބޮޑުވަޒީރު މުހާތަބުކުރައްވަނީ "އަންކަލް" ގެ ގޮތުގަ އެވެ. އެ ކޯލްގައި ތައިލެންޑުގެ އަސްކަރީ ކޮމާންޑަރުންނަކީ އިދިކޮޅު މީހުން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވެ އެވެ.

އުމުރުފުޅުން 37 އަހަރުގެ ޕޭޓޮންގްޓާން މަގާމުން ވަކިކޮށްފައިވަނީ ލީކުވި ފޯން ކޯލަށްފަހު ސަސްޕެންޑްކޮށްފައި ދުވަސްތަކެއް ވަންދެން ބެހެއްޓުމަށްފަހު އެވެ.

ޕޭޓޮންގްޓާންއަކީ ތައިލެންޑުގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވި ބޭފުޅުންގެ ތެރެއިން މަގާމުން ވަކިކޮށްފައިވާ ސިނަވަޓްރާގެ އާއިލާއަށް ނިސްބަތްވާ ނުވަތަ އެ ހާންދާނާ ގުޅުންހުރި ހަވަނަ ބޭފުޅާ އެވެ.

ޕޭޓޮންގްޓާންއަށް ބޮޑުވަޒީރުކަން ކުރެއްވުނީ ގާތްގަނޑަކަށް އެއް އަހަރު ދުވަހަށެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު