
ހުސެއިން ރޭގެ ވަގުތެއްގައި ހައްޔަރުކޮށް، ފުލުހުން ބުނީ މާލޭގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ އާއި ވީޑިއޯ ނަގަން ފެށުމުން ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް އަމަލު ކުރުމަށް ނަސޭހަތް ދިން ނަމަވެސް ޖަދަލުކޮށް، އެންގުމާ ހިލާފަށް ކަންކަން ކުރުމުން ހުސައިން ހަސަން ހައްޔަރުކުރި ކަމަށެވެ.އެކަމަކު، އޭނާގެ ބަންދު މުއްދަތު ޖަހަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ފުލުހުން އެދުނު ގޮތަށް ބަންދު އިތުރު ނުކޮށް ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލީ ކޯޓުން ޝަރުތަކެއްކޮށްފަ އެވެ. ނަމަވެސް، އެކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.ހުސެއިން ރޭ ހައްޔަރު ކުރުމާއި ގުޅިގެން އެމްޑީޕީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ހައްޔަރުކުރީ ބާރުގެ ބޭނުންކޮށްގެން ކަމަށް ބުނެ، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ބިރު ދެއްކުން ހުއްޓާލަން ގޮވާލައިފައެވެ.މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ހުސައިން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތަމްސީލުކުރައްވަނީ ވިލިނގިލި ދާއިރާއެވެ.