
ނަތަންޔާހޫ އ.ދ ގައި ތަގުރީރު ދޭން ފެށުމުން ގިނަ ގައުމުތަކެއްގެ މަންދޫބުން ޖަލްސާ ދޫކޮށް ނުކުތީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ. ނަތަންޔާހޫ ތަގުރީރު ކުރިއަށް ގެންދިޔައިރު ޖަލްސާ ކުރާ މާލަން އޮތީ ގާތްގަނޑަކަށް ހުސްކޮށެވެ.ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ނަތަންޔާހޫ ތަގުރީރު ދޭން ފެށުމާއެކު ރާއްޖޭގެ މަންދޫބުން ވެސް ޖަލްސާ ދޫކޮށް ނިކުތް ކަމަށެވެ. އަދި ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ހަލީލު ވިދާޅުވި އެވެ.