އެސްޓީއަށް ގްރޫޕަށް މިދިޔަ އަހަރު 16.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. 
އެސްޓީއޯގެ ވެބްސައިޓްގައި އިއްޔެ އާންމުކުރި 2025 ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ 2024 ވަނަ އަހަރާއި އަޅާބަލާއިރު 0.5 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން 2024 ގައި އެ ކުންފުންޏަށް ލިބުނީ 16.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިން ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ. ތެލުގެ އާމްދަނީ ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ 8 ޕަސެންޓުން އިތުރުވެފަ އެވެ. އަދި ހަމަމިއާއިއެކު، އިންޝޫރަންސް، ގޭސް އަދި ޓްރޭޑިން ވިޔަފާރި ވަނީ ރަނގަޅުވެފަ އެވެ. ރާއްޖޭގައި އެންމެ ކާމިޔާބު ޕަބްލިކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެސްޓީއޯގެ ހިންގުމުގެ ފައިދާވެސް ވަނީ އޭގެ ކުރީ އަހަރަށް ވުރެ އިތުރުވެފަ އެވެ. އެކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.1 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ އަހަރު އެސްޓީއޯ ގްރޫޕުން އެޑްމިނިސްޓްރޭޓިވް ހަރަދުތަކަށް 945 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ 2024 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ގްރޫޕްގެ އިތުރުން އެކުންފުނީގެ އެޑްމިނިސްޓްރޭޓިވް ހަރަދުތައް ވެސް ވަނީ 2024 ވަނަ އަހަރަށް ވުރެ 38 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެކުންފުނީގެ އެފަދަ ހަރަދުތަކަށް މިދިޔަ އަހަރު 629 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.