ވިޔަފާރި
އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅައިފި
މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 85ރ. ގެ މަގުން ހިއްސާދާރުންނަށް ބަހަން އެކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑިން ކުންފުނި، އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބުނު އިރު އެކުންފުންޏަށް އެކަނި އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކާ އެކު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބުނު އިރު އެކުންފުންޏަށް އެކަނި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފަ އެވެ. 

އެސްޓީއޯގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 9:00 ގައި ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސް، ފޭދޫ ހޯލްގައި އަދި މައިކްރޮސޮފްޓް ޓީމް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ އެޕްރީލް 27 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ މެންބަރުންނަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު