ޚަބަރު
ސިނަމާލެ ބްރިޖްްގެ ލައިޓްތައް ނުދިއްލޭތީ ސަމާލުވާން ފުލުހުން އެދިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ ޖަންކްޝަންގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓް ނުދިއްލޭތީ އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ނެރުނު އެންގުމެއްގައި ބުނީ، ސިނަމާލެ ބްރިޖާއި ގުޅިފައިވާ މަގުތައް އަަދި ބްރިޖްގެ ލައިޓްތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކޮށްފައިވާ ޓްރެެފިކް ލައިޓްތައް ނުދިއްލޭތީ އާއި ބައެއް ވަގުތުތަކުގައި ވިއްސާރަ ވެހެމުންދާތީ، ބްރިޖް ދަތުރު ކުރާ ހުރިހާ ފަރާތްތަކުން ސަމާލުވުމަށް އެދޭ ކަމަށެވެ.

ބްރިޖުން ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް ފުލުހުން ވަނީ އެދިފައެވެ. އެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު