ޚަބަރު
ގުޅީފަޅުން 2،032 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި
ގުޅިފަޅު: އެތަނުން ގޯތި ލިބުނު ދެހާހަށްވުރެ ގިނަ މީހުންނަށް ވަނީ ރަޖިސްޓްރީ ދޫކޮށްފައި
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ މަޝްރޫޢުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 2،000 އަށްވުރެ ގިނަ ފަރާތަށް ރަޖިސްޓްރީ ދޫކޮށްފި އެވެ.

އިއްޔެ އެމިނިސްޓްރީން ވަނީ މިހާތަނަށް 2،032 މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް ބުނެފައެވެ.

މިފަހުން އެ މިނިސްޓްރީން ވަނީ، އެއްބަސްވުމާއި ރަޖިސްޓްރީއާ ހަވާލުވެފައިނުވާ މީހުންނަށް އެ ތަކެއްޗާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް، އެޕޮއިންޓުމަންޓަށް އެދުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހަށް އިތުރުކޮށްފަ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ މިދިޔަ ޖުލަި މަހުގެ 12 ވަނަ ދުވަހު އެވެ.

ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރިން އެ މިނިސްޓްރީގެ ހިންގި އިމާރާތުގެ ބިމުގަ އެވެ.

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު