ޚަބަރު
ފަސް ޕާޓީއަކަށް 27 މިލިއަން ރުފިޔާ ދޫކޮށްފި
ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ފައިސާ މިހާރު ދޫކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

ފައިސާ ދޫކުރީ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ 9 ޕާޓީއެެއްގެ ތެރެއިން 5 ޕާޓީއަކަށެވެ. އެ ޕީއެންސީ، އެމްޑީޕީ، ޖޭޕީ، ޢަދާލަތު ޕާޓީ އަދި އެމްޑީއޭ އެވެ.

މި ފަސް ޕާޓީ އަށް ޖުމްލަ 27 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ

ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފުސީލު:

* ޕީއެންސީ: 13،316،689.57ރ.
* އެމްޑީޕީ: 8،454،780.51ރ.
* ޖޭޕީ: 2،656،598.57ރ.
* އެމްޑީއޭ: 1،769،648.69ރ.
* ޢަދާލަތު ޕާޓީ: 1،713،538.65ރ.

ފައިސާ ދޫކުރި ޕާޓީތަކުގައި މެންބަރުން ހިމެނޭ އަދަދު:

• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) - 68665 މެންބަރުން
• ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) - 43765 މެންބަރުން
• ޖުމްހޫރީ ޕާޓީ (JP) - 13456 މެންބަރުން
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) - 9011 މެންބަރުން
• ޢަދާލަތު ޕާޓީ (AP) - 8844 މެންބަރުން

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް އޮތްއިރު ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން އެމްޓީޑީ އުވާލުމުގެ މަސައްކަތް އެކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ.

ޖޭޕީގައި 13،456 މެންބަރުން، އެމްޑީއޭގައި 9،011 މެންބަރުން އަދި ޢަދާލަތު ޕާޓީގައި 8،844 މެންބަރުން ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު