ޚަބަރު
އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށްފި
މޯލްޑިވްސް އިމިގްރޭޝަނުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް، އިލެކްޓްރޯނިކް ވިސާ (އީ-ވިސާ) އާއި މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން އެޕް (އެމްއައިއެޕް) މިއަދު ތައާރަފްކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އީވިސާ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

 އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހު ވިދާޅުވީ އިމިގްރޭޝަންގެ އަމާޒަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަދި އެކި ބޭނުންތަކުގައި ރާއްޖޭގައި އުޅޭ ބިދޭސިންނަށް އަވަސް، ޒިންމާދާރު ހިދުމަތްތެއް ނަޒާހަތްތެރިކަމާ އެކު ފޯރުކޮށްދިނުން ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ 'މޯލްޑިވްސް 2.0'ގެ ދަށުން %100 ކޮމްޕްލަޔަންސް އިދާރާއަކަށް އިމިގްރޭޝަން ވެފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މިއަދު ތައާރަފްކުރި ހިދުމަތްތައް

- އިލެކްޓްރޯނިކް ވިސާ

- ޒަމާނީ އާ ވެބްސައިޓް

- އިމިގްރޭޝަނުގެ އާ މޮބައިލް އެޕް

- އެމްއައި އައިޑެންޓިޓީ ޗެކާ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު