ޚަބަރު
އިމިގްރޭޝަން އިންސައިޓްސް އިފުތިތާހުކޮށްފި
އިމިގްރޭޝަނުން "އިމިގްރޭޝަން އިންސައިޓްސް" ގެ ނަމުގައި ޕްރޮގްރާމް އިފްތިތާހުކޮށްފި އެވެ.

މި ޕްރޮގްރާމްގެ އިފްތިތާހުކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކެޕްޓަން އަލީ އިހްސާން އެވެ.

އިމިގްރޭޝަނުން ބުނީ "އިމިގްރޭޝަން އިންސައިޓްސް" ގެ މަގްސަދަކީ އިމިގްރޭޝަންގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުން އަރާ ކަންތައްތައް ސާފުކޮށް ދިނުމާއި، އެންމެ ފަހުގެ މައުލޫމާތުތައް ތަފުސީލުތަކާ އެކު އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން ޕްރޮގްރާމުގެ އެޕިސޯޑުތައް މި މަހު ފަށާނެ ކަމަށް ބުންޏެވެ.

މޯލްޑިވްސް އިމިްގްރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން އާ 3 ކެމްޕޭނެއް މިހާރުވެސް ވަނީ ފަށާފައެވެ. އެއީ ކެންޕޭނަކީ، ހިނިތުންވުމާއެކު ހިދުމަތްދިނުން، ނަޒާހާތްތެރިކަން އިސްކުރުން އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު