ޚަބަރު
ރާއްޖޭގައި ނޫސްވެރިކަމަށް ހުރި ގޮންޖެހުންތައް އެމްޖޭއޭއިން އީޔޫއާ ހިއްސާކޮށްފި
ރާއްޖޭގެ ނޫސްވެރިކަމުގައި ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ޔޫރަޕް އިއްތިހާދު (އީޔޫ)އާ ހިއްސާކޮށްފި އެވެ.

ސްރީލަންކާގައި އީޔޫގެ ވަފްދާ ބައްދަލުކުރައްވާ އެމްޖޭއޭއިން ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލުގެ އިތުރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހެއްކާބެހޭ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

ރާއްޖޭގެ މީޑިއާގެ ހާލަތު ބައިނަލްއަގުވާމީ އެކި ޖަމިއްޔަތަކަށް ސާފުކޮށްދޭން ސްރީލަންކާގައި މިވަގުތު ހަރަކާތްތެރިވާ އެމްޖޭއޭގެ ޓީމުން ދަނީ ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކާ ބައްދަލުކުރަމުންނެވެ.

އެމްޖޭއޭއިން ލަންކާއަށް ކުރާ ދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ އެ އެސޯސިއޭޝަންގެ ރައީސް އަހްމަދު ނާއިފް އާއި ނައިބުރައީސް މުހައްމަަދު ޝަހުޒާން އާއި މުހައްމަދު ޖުނައިދުގެ އިތުރުން އެމްޖޭއޭ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އަހުމަދު ޒާހިރު (ހިރިގާ ޒާހިިރު) އެވެ.

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އަމަލުކުރަން ފެށި އާ ގާނޫނާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅި ދުވަހުން ފެށިގެން، ބިލާ ދެކޮޅަށް ނޫސްވެރިން ސިލްސިލާ މުޒާހަރާތައް ވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު