
މީޑިއާ ކޮމިޝަނުން ބުނީ، މާލީ އެހީ ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ޕޯޓަލްގައި ޕްރޮފައިލް ކްރިއޭޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއް ކަމަށެވެ.ޝަރުތު ހަމަވާ އެ 41 މީޑިއާއަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު މީޑިއާއެޕް ޕޯޓަލްގައި މިހާރު ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އެ މީޑީއާތަކަށް ލިބެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ޕޯޓަލްއަކުން ނޭނގެ އެވެ. އުސޫލުގައިވާ ގޮތުން ފައިސާ ދެނީ އެ މީޑިއާކަށް ލިބޭ ޕޮއިންޓަށް ބަލައި، ވަކި ހާއްސަ ފޯމިއުލާއަކުންނެވެ.މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.