ޚަބަރު
މީޑިއާ ކޮމިޝަންގެ ރަސްމީ ލޯގޯ ބޭނުންކުރަން ފަށައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީަސީ) ގެ ލޯގޯ ބޭނުން ކުރަން ފަށައިފި އެވެ.

މީޑިއާ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ކޮމިޝަންގެ ރަސްމީ ލޯގޯ އާންމުކޮށް މިއަދުން ފެށިގެން ބޭނުންކުރަން ފަށާފައިވާކަން ހާމަކޮށްފަ އެވެ. 

އެ ކޮމިޝަނުން ބުނި ގޮތުގައި ލޯގީ ފަރުމާކޮށްފައިވަނީ މައިގަނޑު ހަތަރު ބައެއްގެ މައްޗަށެވެ.

ލޯގޯ ފަރުމާކޮށްފައިވާ މައިގަނޑު ހަތަރު ބައި

  • ކޮމާކޯޅި - ހިޔާލު ފާޅުކުރުމުގެ މިނިވަންކަން
  • ބްރޯޑްކާސްޓިން ވޭވްސް - މައުލޫމާތު ފެތުރިގެންދާ ހަލުވި މިން
  • ވަކިވަކި ހަތަރު ބައި - މީޑިއާއަކީ ހަތަރުވަނަ ބާރުކަން
  • މ، ބ، ކ - ދިވެހި ބަހާއި ސަގާފަތަށް ދޭ އަހަމިއްޔަތުކަން
އެމްއެމްބީސީ އަކީ ކުރީގެ ބްރޯޑްކޮމާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވާލައި މި ސަރުކާރުން އުފެއްދި ކޮމިޝަނެކެވެ.

މީޑިއާ ކޮމިޝަންގައި 7 މެންބަރުން ތިބެ އެވެ. އެއީ ރައީސް މުހައްމަދު ފަރުސަތާއި ނައިބު ރައީސް ޒަމްއަތު އަހުމަދު ވަހީދާއި މެންބަރުން ކަމަޑްވާ ސަފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތާއި އަބްދުލްއަޒީޒް އިބްރާހީމާއި ސިމާހާ ނަސީމްގެ އިތުރުން ހުސައިން ސަގީފެވެ.

ކޮމިޝަންގެ ރައީސަކީ ފަރުސަތެވެ. އަދި ނައިބަކީ ޒަމްއަތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު