
އަލީ ހުސައިން އެކްސްގައި ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ގައުމުގެ ހާލަތު ރަނގަޅު ކުރަން ކަމަށާއި ނަމަވެސް މިހާރު ހާލަތު މާ ބޮޑަށް ގޯސް ކަމަށެވެ. އަދި މި ސަރުކާރު ބާއްވައިގެން ގައުމުގެ ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.އަލީގެ ޕޯސްޓުގައި ވަނީ، ޕީއެންސީން ކިތަންމެ ބޮޑު އެއްވުމެއް ބޭއްވިޔަސް ސަރުކާރުގެ އަގެއް ނެތް ކަމަށާއި ރައްޔިތުންގެ ހިތުގައި ރައީސަށް އިޙުތިރާމެއް ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ.