
26 ޖުލައި 1965ގައި ދިވެހި މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގަައި ބޭނުންކުރި ގޮނޑިތައް ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ރަސްމިއްޔާތެއް ބޭއްވި އެވެ.ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ގޮނޑިތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެވެ.ދިވެހި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަރިހުގައި ހެރިޓޭޖް މިިނިސްޓަރު އާދަމް ނަސީރު ވެސް ހުންނެވި އެވެ.އެއްބަސްވުމުގައި ސޮއިކުރި ވަގުތު ނަގާފައިވާ ފޮޓޯއަކީ ދިވެހި ތާރީހުގައި މުހިންމު ފޮޓޯގަނޑެކެވެ. ނާސިރުގެ އިތުރުން އެ މަންޒަރުން ފެންނަނީ މިނިވަންކަން ހޯދުމުގެ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުއްސައްތާރު މޫސާ ދީދީ އާއި ކަނޑި އަހުމަދު އިސްމާއީލް މަނިކު އަދި ކޮލިގޭ އަލީ އުމަރު މަނިކު (ކޮލި އަލި މަނިކު) އެވެ.