
އަތޮޅު ކައުންސިލްތައް އުވައިލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހެޅީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި އަތޮޅު ކައުންސިލްތައް އުފެއްދުމަށް ގާނޫނުއަސާސީން ލާޒިމުކުރާ ކުރުން އުވައިލުމަށްޓަކައި ތިން .ބަދަލެއް ގެންނަން ހުށަހަޅާފައިވެ އެވެ.އެ އިސްލާހު މަޖިލީހުން ފާސްކުރީ މަޖިލީހުގެ 75 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރަކު ވޯޓުދެއްވި އެވެ.ލާމަރުކަޒީ ނިޒާމަށް ގެންނަ މި ބަދަލުތަކާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިދިކޮޅުން ބުނާ ގޮތުގައި މިއީ ސަރުކާރުން އަތޮޅުތަކަށް އިންތިހާބީ މަންދޫބުންގެ ބަދަލުގައި ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި އޮތް ކަތީބު ނިޒާމު ގެނައުމަށް ކުރާ ކަމެކެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މިއީ އެ ނިޒާމުގެ އިތުރަށް ބާރުވެރިކުރުމަށް ގެންނަ ބަދަލުތަކެވެ. މީގެން ފައިދާ ކުރަނީ ސީދާ ރައްޔިތު މީހާއަށް ކަމަށް ޕީއެންސީ މެންބަރުން ބުނެފައިވެ އެވެ.