ޚަބަރު
ނަޝީދު އަވަހާރަކޮށްލަން އިންޒާރު ދިން މީހަކު 10 އަހަރަށް ޖަލަށް
ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެގެން ހައްޔަރުކުރި އިސްމާއީލް ޔާފިސް
ރައީސް މުހައްމަދު ނަޝީދު މަރާލާނެ ކަމަށް ބުނެ އިންޒާރު ދީގެން 2021 ވަނަ އަހަރު ހައްޔަރުކުރި އިސްމާއީލް ޔާފިސް، 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް އިއްވީ ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްގެ މައްޗަށެވެ. އެއީ 2021 ވަނަ އަހަރު އޭނާ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން ނަޝީދަށް އިންޒާރު ދިން މައްސަލައެކެވެ.

އޭރު ރާއްޖޭން ބޭރުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ "ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހެދި ގޮތް ހަދާލާނެ" ކަމަށް ބުނެ ފޭސްބުކްގައި ދިން އިންޒާރަކާ ގުޅިގެން އޭނާ ހައްޔަރުކުރީ ރ. މީދޫންނެވެ.

ސޯޝަލް މީޑިއާގެ އިތުރުން، ފުލުހުންގެ ތަހުގީގާއި ޝަރީއަތުގެ މަޖިލީހުގައި ވެސް ޔާފިސް ވަނީ ނަޝީދު އަވަހާރަކޮށްލަން ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ކުރި ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވެފައި ވެެއެވެ.

އެގޮތުން ޓެރަރިސްޓް ޖަމާތަކަށް ތާއީދުކުރުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމަށް އިންޒާރު ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުން ހިމެނެއެވެ. އެގޮތުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުން ދެ އަހަރު، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުން ތިން އަހަރު އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު ޖުމްލަ 10 އަހަރަށް ޖަލަށްލާން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު