ޚަބަރު
ހަށިވިއްކި މައްސަލައިގައި ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފި
ތިނަދޫ ސިޓީ - ފޮޓޯ: ޔާމީން
ގދ. ތިނަދޫގެ ގެއެއްގެ ތެރޭގައި ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ދިވެހި ފިރިހެނަކާއި ތައިލެންޑުގެ އަންހެނަކު ރޭ އަތުލައިގެންފި އެވެ.

ފުލުހުން އެ އޮޕަރޭޝަން ހިންގީ ތިނަދޫގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 11:30 ހާއިރު އެވެ.

ތަފްސީލު - އެ އޮޕަރޭޝަންގައި ތިނަދޫގެ ގެއެއް ބަލައިފާސްކޮށް، 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެއް ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. 

"އެ ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ބަދުއަހުލާގީ އަމަލު ހިންގަމުންދަނިކޮށް، ކުށުގެ ވެށިން،" ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު