ޚަބަރު
ޖަޕާން ސަފީރުކަމަށް އިއްޔެ ރުހުންދިން މަހުލޫފް މިއަދު އައްޔަންކޮށްފި
މަހުލޫފާއި ރައީސް މުއިއްޒު: އޭނާ ވަނީ ސަފީރުކަމަށް އައްޔަންކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް
ރައީސް، ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަލްފާޟިލް އަހުމަދު މަހުލޫފް މިއަދު އައްޔަންކުރައްވައިފި އެވެ.

ވަރަށް ފަހުން އެމްޑީޕީން ވަކިވެވަޑައިގެން މަހުލޫފް، ސަފީރުކަމަށް އައްޔަންކުރަން ނަން ފޮނުއްވި ހިސާބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެކަމަކު، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ މަހުލޫފަށް ރުހުންދީފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް މަހުލޫފް އައްޔަންކުރައްވާފައިވާ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މަހުލޫފް ސަފީރުކަމަށް އައްޔަންކުރީ މަޖިލީހުން ރުހުން ދިންތާ 24 ގަޑިއިރެއްހާ އިރުގެ ތެރޭގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު