ވިޔަފާރި
މީރާ މެދުވެރިކޮށް ނޮވެމްބަރުގައި 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް
މިދިޔަ ނޮވެމްބަރު މަހު 2.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް، ދައުލަތުގެ ޓެކްސް އިދާރާ މީރާއިން މިއަދު ހާމަކޮށްފި އެވެ.

މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ ލަފާކުރި ވަރަށް ވުރެ %6.7 އިތުރު އަދި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ލިބުނު އާމްދަނީއަށް ވުރެ %16.6 އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސްގެ ގޮތުގައި ބަލައިގަތް އަދަދު އިތުރުވުމެވެ.

އޭގެ އިތުރުން މީރާއިން ބުނީ އާމްދަނީ %21 ހިއްސާކުރަނީ ކުރިން ނުލިބިވާ ފައިސާ އަނބުރާ ހޯދަން ކުރި މަސައްކަތުން ލިބުނު ފައިސާ ކަމަށެވެ.

މީގެ އިތުރުން އެއާޕޯޓަށް ނަގާ ފީ އާއި ދިގު މުއްދަތަކަށް ދަނޑުވެރިކަމަށް ދޫކުރާ ރަށްތަކުން ނަގާ ކުލިވެސް ދެ ގުނަ އިތުރުވެފައިވާކަން އެ ތަފާސްހިސާބުތަކުން ހާމަވެ އެވެ.

ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭ ހިމެނެނީ:

  • ޓީޖީއެސްޓީ ހިމެނޭހެން ޖީއެސްޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ
  • ގްރީން ޓެކުހުގެ ގޮތުގައި 191 މިލިއަން ރުފިޔާ
  • އިންކަމް ޓެކުހުގެ ގޮތުގައި 131.7 މިލިއަން ރުފިޔާ
  • ފުރާ މީހުން އަތުން ނަގާ ޓެކުހުގެ ގޮތުގައި 164.99 މިލިއަން ރުފިޔާ
  • ޖޫރިމަނާގެ ގޮތުގައި 8.98 މިލިއަން ރުފިޔާ
  • ޕްލާސްޓިކް ކޮތަޅުތަކުން ނަގާ ފީގެ ގޮތުގައި 522،465 ރުފިޔާ
  • މުދަލު ޒަކާތުގެ ގޮތުގައި 4.25 މިލިއަން ރުފިޔާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު