ވިޔަފާރި
އުރީދޫ ފަން ރަން ހުޅުމާލޭގައި އިއްޔެ ހަވީރު ކާމިޔާބު ކަމާއެކު ބާއްވައިފި
ބޮޑު ތަރުހީބަކާ އެކު އުރީދޫ މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބޭއްވި "އުރީދޫ ފަން ރަން" ހުޅުމާލޭގައި އިއްޔެ ހަވީރު ކާމިޔާބު ކަމާއެކު ބާއްވައިފި އެވެ.

މާލޭގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ބާއްވަމުން އަންނަ ފޯރިގަދަ މި ދުވުމަށް އަބަދުވެސް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެ އެވެ.

ހުޅުމާލޭގައި ބޭއްވި މި އަހަރުގެ ދުވުމުގައި 7،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެ ވަނީ ފޯރިނަގައިފަ އެވެ. އެކި އުމުރުގެ މީހުން ބައިވެރިވި މި ދުވުމުގައި މި ފަހަރު ވެސް އެކި މަޖާ އޮބްސްޓަލްތަކާއި ފޯމް ޕާޓީ އާއި ކުލަ ޖެހުން އޮތެވެ.

ފަސް ކިލޯ މީޓަރު ހިމެނޭ އެ ދުވުމުގެ ކޮންމެ ކިލޯ މީޓަރެއް ނިންމާލުމަށްފަހު، މަޖާ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. އަދި ދުވުން ނިންމާލުމަށްފަހު ފޯމް ޕާޓީ އާއި ކުލަ ޖެހުން ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

މީގެއިތުރުން ފަން ރަންގެ ދުވުން ނިންމި މީހުންނަށް ހާއްސަ މެޑަލްއެއް އުރީދޫއިން ދިނެވެ.

ފަން ރަންއާ ގުޅުވައި އުރީދޫއިން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް އަދި އެ ރޭ މިއުޒިކް ޝޯއެއް ވެސް ބޭއްވި އެވެ. އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ބޭންޑުތައް ކަމަށްވާ ޓްރެފިކް ޖޭމް، ސިމްބޮލިކް ރެކޯޑްސް އަދި ހަބޭސް ބޮޑުބެރު ބައިވެރިވި އެވެ.

އުރީދޫ ފަން ރަން އަކީ ދުޅަހެޔޮކަން އިތުރުކުރުމަށް، ހަރަކާތްތެރިވެ އުޅުމަށް ހިތްވަރުދީ، އާއިލާ އާއި ރަހުމަތްތެރިންނާއި އެކު މަޖާ މާހައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ބާއްވަމުންދާ ދުވުމެކެވެ. މި ދުވުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މިހާރު ދަނީ ބާއްވަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު