
ތ. ހިރިލަންދޫ އަށް ކުރައްވި ދަތުރުފުޅުގެ ތެރެއިން، އެ ރަށުގެ"ހިރިވެލި ބީޗް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސޯލިހު ވިދާޅުވީ މި ސަރުކާރަށް ދެ އަހަރުވެގެންދިޔައިރު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެކަށީގެންވާ ތަރައްގީގެ އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށާއި ދައްކަމުންދަނީ ހަމަ ވާހަކަތަކެއް ކަމަށްވާއިރު ނަތީޖާއެއް ނުފެންނަ ކަމަށެވެ.2023 ވަނަ އަހަރު ރައްޔިތުން އިންތިހާބުކުރިފަހުން މިހާރު މިވަނީ ދެ އަހަރުވެފައިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެކަށީގެންވާ އެއްވެސް ތަރައްގީގެ ކަމެއް ކުރެވިފައިނެތް ކަމަށެވެ.