
އެސްއޯއީތައް މެދުވެރިކޮށް ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގަމުންދާ ކަމުގެ ތުހުމަތުތަކެއް ކުރެވޭއިރު އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ މުއިއްޒުގެ ސަރުކާރުގެ ހުރިހާ ދިމާލެއްގައި ވައްކަމާއި ފަސާދަ އާންމުވެފައިވާ ކަމަށް ބުނެފަ އެވެ.މި ސަރުކާރުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ހިންގުން ގަޑުބަޑުކޮށް ކޯޕަރޭޓް ގަވަނެންސްގެ ހަމަތަކާ ހިަލާފުވެ، ހަރުމުދާ ލޫޓުވަމުންދާ ކަމަށް މުއިއްޒުގެ ސިޔާސީ ކެރިއަރު ފެއްޓެވި ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ."ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުން ގައުމުގެ މުސްތަގުބަލަށް އޮތީ ބިރުވެރިކަމެކެވެ. އެހެންކަމުން، ސަރުކާރުގެ ހުރިހާ ގުނަވަންތަކުން އިސްލާމީ އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަންކަން ނިންމުމަށް އިލްތިމާސް ކުރަމެވެ." އަދާލަތުގެ ބަޔާނުގައި ވެއެވެ.ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ލިބުމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ދައުލަތް ލޫޓުވަން ލިބޭ ފުރުސަތެއް ކަމުގައި ނުދެކުމަށް އަދާލާތު ޕާޓީން ވަނީ ރައީސް މުއިއްޒުއަށް ގޮވާލާފަ އެވެ.އޭގެއިތުރުން ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށާއި، ދިވެހި ގައުމުގެ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް އަދާލަތު ޕާޓީން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް އެޕާޓީން ނެރުނު ނޫސްޔާނުގައި ވެއެވެ.