
މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި އެ މަނިކުފާނު ވިދާޅުވީ ޑިސެންބަރު 26، 2006 ގައު ކުރިމަތިވި ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތްތައް ގިނަގުނަ ކަމަށެވެ.ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހިތާބުގައި ރައީސް ވަނީ ދިވެހީންގެ މިޖީލު ދުށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވީތާ މި ފުރުނީ 21 އަހަރުކަމާއި، 2004 ވަނަ އަހަރު ޑިސެންބަރުން 26 ވަނަ ދުވަހު އަޅުގަނޑުމެންގެ ގައުމާ ކުރިމަތިވި ކުއްލި ނުރައްކަލުގެ އެ އުނދަގޫ ހާލަތުގެ ހަނދާންތައް ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެން ނުދާނެކަން ފާހަގަކުރައްވާފަ އެވެ. އަދި މިއަދު އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ އެ ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރި ދިވެހި އަޚުންނާއި އުޚްތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރުންކަމަށްވެސް ރައީސް ވިދާޅުވި އެވެ.