
އެންވީކޭ މިއަދު "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" އަށް ހާޒިރު ނުވީ އެހެން މުބާރާތެއްގައި އެޓީމް ކުޅެން ޖެހުމުން ކަމަށް މައުލޫމާތު ލިބެ އެވެ. މެޗަށް އެންވީކޭ ހާޒިރު ނުވުމުން ގަވާއިދު ބުނާ ގޮތުން ޓީމް ހިޔާ އަށް ވަނީ 3 ޕޮއިންޓާއި އެއް ގޯލް ލިބިފަ އެވެ.މި މަހު 26 އިން 30 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްސަލް ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްސަލް ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.