ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ކުޅިވަރު
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން މޮޅަދޫ ޔަންގް ބްލަޑް ހޯދައިފި
އަލީ ރާޒީ
30 ޑިސެމްބަރ 2025 - 22:54
0
comments
Tweet
Telegram
ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ހއ. އަތޮޅަށް ހާއްސަކޮށްގެން ބޭއްވި "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ޗެމްޕިއަންކަން މޮޅަދޫ ޔަންގް ބްލަޑް ހޯދައިފި އެވެ.
މޮޅަދޫ ޓީމް މުބާރާތުގެ ޗެމްޕިއަންކަން ނެގީ މިރޭ ކުޅުނު ފައިންލް މެޗްގައި ހޯރަފުށީ 22 ސްޕޯޓްސް ކްލަބް އަތުން 6-3 އިން މޮޅުވެގެން ނެވެ. މިއީ މޮޅަދޫ ޔަންގް ބްލަޑް މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
4 ރަށަކުން ޖުމްލަ 6 ޓީމެއް ވާދަކުރި މިމުބާރާތުގެ ޗެމްޕިއަންކަން ޔަންގް ބްލަޑް ހޯދީ އެޓީމް މިމުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މިއަހަރުގެ މުބާރާތުގައި ހޯރަފުށި، ދިއްދޫ، އިހަވަންދޫ އަދި މޮޅަދޫއިން ޓީމްތައް ބައިވެރިވިއެވެ. ދިއްދޫ އިން ބާރަލާ ސްޕޯރޓްސް، އިހަވަންދޫއިން އެންވީކޭ، މޮޅަދޫއިން ޔަންގް ބްލަޑް އަދި ހޯރަފުށީ 3 ޓީމް ކަމަށްވާ 22 ސްޕޯޓްސް ކްލަބް، ފްރިގޭޓަރ އަދި ޓީމް ހިޔާ މިމުބާރާތުގައި ބައިވެރިވިއެވެ. މިދިޔަ އަހަރު މިމުބާރާތުގެ ޗެމްޕިއަން އިހަވަންދޫ އެންވީކޭ، އެޓީމް ކުޅެންޖެހޭ އެއްވެސް މެޗަކަށް ހާޒިރުވެފައިނުވާތީ އެޓީމް މިމުބާރާތުން ކެޓީއެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމް ކަމަށްވާ ޔަންގް ބްލަޑަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައި ވެއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްސަލް ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްސަލް ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 މަސް ކުރިން
0
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް: ފައިނަލުގައި ޔަންގް ބްލަޑް އާއި 22 ސްޕޯޓްސްގެ ކުރިމަތިލުމެއް!
4 މަސް ކުރިން
0
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް: ސެމީގައި ކުޅޭ ޓީމުތައް ކަށަވަރުވެއްޖެ
4 މަސް ކުރިން
0
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް: މޮޅަދޫ ޔަންގް ބްލަޑް ހުއްޓުމެއް ނެތި ކުރިއަށް!
4 މަސް ކުރިން
0
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް: މިއަދު ހަވީރު މެޗަށް އިހަވަންދޫ ޓީމް ހާޒިރެއް ނުވި!
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިޔާސީ ހަރަކާތްތަކަށް ބިރުވެރިކަމެއް ނެތް މާހައުލެއް އޮންނަންޖެހޭ: ފައިސަލް
2 ގަޑިއިރު ކުރިން
0
މިލަންދޫ އިން 11 ހެކްޓަރުގެ ބިން ހިއްކައިފި
2 ގަޑިއިރު ކުރިން
0
އެހެންކަމަކާއި ވިސްނާނީ ވެސް މި ވެރިކަން ބަދަލުކޮށްފައި: ރައީސް ނަޝީދު
2 ގަޑިއިރު ކުރިން
0
މޭޔަރު އާޒިމްއަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
7 ގަޑިއިރު ކުރިން
0