ކުޅިވަރު
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް: ފައިނަލުގައި ޔަންގް ބްލަޑް އާއި 22 ސްޕޯޓްސްގެ ކުރިމަތިލުމެއް!
ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ހއ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ފައިނަލްގައި ކުޅޭނެ ޓީމްތައް ކަށަވަރުވެއްޖެ އެވެ.

އެގޮތުން މާދަމާ ރޭ ކުޅޭ ފައިނަލްއަށް ދަތުރުކުރީ މޮޅަދޫ - ޔަންގް ބްލަޑް އާއި ހޯރަފުށީ - 22 ސްޕޯޓްސް ކްލަބް އެވެ.

ޔަންގް ބްލަޑް ފައިނަލް އަށް ދަތުރުކުރީ މިއަދު ހަވީރު ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ހޯރަފުށީ ޓީމް ހިޔާ އާއި ވާދަކޮށް 5-1 އިން މެޗް ކާމިޔާބު ކޮށްގެން ނެވެ. ސެމީގެ ދެވަނަ މެޗްގައި ހޯރަފުށީ 22 ސްޕޯޓްސް ކްލަބް އާއި ހޯރަފުށީ އެފްސީ ފްރޮގޭޓާރ ބައްދަލުކުރި މެޗް ވާދަވެރި ކުޅުމަކަށް ފަހު 22 ސްޕޯޓްސް ކްލަބް ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުކުރީ 2-1 އިން މެޗް ކާމިޔާބު ކޮށްގެން ނެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މާދަމާ ރޭ 20:30 ގައި އެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްސަލް ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްސަލް ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު