ކުޅިވަރު
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް: މިއަދު ހަވީރު މުހިންމު މެޗް ތަކެއް!
ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ހއ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ގެ ފޯރި ގަދަ ދެ މެޗް މިއަދު ހަވީރު ކުޅޭނެ އެވެ.

އެގޮތުން މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހޯރަފުށީ 22 ސްޕޯޓްސް ކްލަބް އާއި ދިއްދޫ ބާރަލާ ސްޕޯޓްސް އެވެ. އަދި އެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ހޯރަފުށީ އެފްސީ ފްރޮގޭޓާރ އާއި އިހަވަންދޫ އެންވީކޭ އެވެ. 

މި މަހު 26 އިން 30 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މިއަދު ނިމޭނެ އެވެ. މި މުބާރާތުގެ ސެމީ ފައިންލްގެ މެޗްތައް މާދަމާ އޮންނައިރު ފައިނަލް ކުޅޭނީ 30 ވަނަ ދުވަހު ގެ ރޭ 20:30 ގައި އެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްސަލް ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްސަލް ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު