ކުޅިވަރު
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025: މެޗް ޝެޑިއުލް ނެރެފި
ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ހއ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ގައި ކުޅޭނެ މެޗްތަކުގެ ޝެޑިއުލް ނެރެފި އެވެ.

ޖުލައި މަހުގެ 26 ގައި ފަށާ މި މުބާރާތުގައި ހަ ޓީމެއް ވަނީ ބައިވެރިވެފަ އެވެ.  

"ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ބައިވެރިވާ ޓީމުތަކަކީ:

ގްރޫޕް އޭ 

ޔަންގް ބްލަޑް - ހއ. މޮޅަދޫ

22 ސްޕޯޓްސް ކްލަބް - ހއ. ހޯރަފުށި

ބާރަލާ ސްޕޯޓްސް ކްލަބް - ހއ. ދިއްދޫ

ގްރޫޕް ބީ

ޓީމް ހިޔާ - ހއ. ހޯރަފުށި

އެފްސީ ފްރިގޭޓަރ - ހއ. ހޯރަފުށި

އެންވީކޭ - ހއ. އިހަވަންދޫ

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްސަލް ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްސަލް ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ. 

  • މުބާރާތުގެ ފުރަތަމަ މެޗުގައި 26 ވަނަ ދުވަހު ހަވީރު 16:00 ބައްދަލުކުރާނީ މޮޅަދޫ ޔަންގް ބްލަޑް އާއި ހޯރަފުށީ 22 ސްޕޯޓްސް ކްލަބް އެވެ. އަދި އެ ދުވަހުގެ ހަވީރު 17:00 ގައި ބައްދަލުކުރާނީ ހޯރަފުށީ ޓީމް ހިޔާ އާއި ހަމަ އެރަށު އެފްސީ ފްރިގޭޓާރ އެވެ.
  • 27 ވަނަ ދުވަހު ހަވީރު 16:00 ބައްދަލުކުރާނީ އިހަވަންދޫ އެންވީކޭ އާއި ހޯރަފުށީ ޓީމް ހިޔާ އެވެ. އަދި އެ ދުވަހުގެ ހަވީރު 17:00 ގައި ބައްދަލުކުރާނީ ދިއްދޫ ބާރަލާ ސްޕޯޓްސް ކްލަބް އާއި މޮޅަދޫ ޔަންގް ބްލަޑް އެވެ.
  • 28 ވަނަ ދުވަހު ހަވީރު 16:00 ބައްދަލުކުރާނީ ހޯރަފުށީ 22 ސްޕޯޓްސް ކްލަބް އާއި ދިއްދޫ ބާރަލާ ސްޕޯޓްސް އެވެ. އަދި އެ ދުވަހުގެ ހަވީރު 17:00 ގައި ބައްދަލުކުރާނީ ހޯރަފުށީ އެފްސީ ފްރޮގޭޓާރ އާއި އިހަވަންދޫ އެންވީކޭ އެވެ.
މި މުބާރާތުގެ ސެމީ ފައިންލްގެ މެޗްތައް 29 ވަނަ ދުވަހު އޮންނައިރު ފައިނަލް ކުޅޭނީ 30 ވަނަ ދުވަހު ގެ ރޭ 20:30 ގައި އެވެ.

މިދިޔަ އަހަރު ބޭއްވި "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން އިހަވަންދޫ އެންވީކޭ ޓީމުން ހޯދި އިރު ރަނަރަޕްކަން ހޯދީ ހޯރަފުށީގެ 22 ސްޕޯޓްސް ކްލަބް އެވެ.

މި މަހު 26 އިން 30 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

21 އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ މި މުބާރާތަށް ހޫނު ތަރުހީބެއް ހއ. އަތޮޅުން ލިބިފައިވާއިރު މީ މި މުބާރާތް ބާއްވާ 6 ވަނަ ފަހަރެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު