ޚަބަރު
ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ
ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު، ހާޓް އެޓޭކެއް ޖެހިގެން މިރޭ ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.

ފައްތާހަކީ ހއ. ކެލަ އަށް އުފަން މީހެކެވެ. ފައްތާހު ނިޔާވީ ހާޓް އެޓޭކާ ގުޅިގެން ހއ. ކެލާ އިން ހއ. ދިއްދޫއަށް ގެންގޮސް އެ ރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އުމުރުން 54 އަހަރުގެ ފައްތާހު އެންމެ ފަހުން ޑައިރެކްޓް ކުރީ 2017 ވަނަ އަހަރު ނެރުނު "ހައްދު" ފިލްމު އެވެ.

ފައްތާހް އޭގެ ފަހުން ރަށަށް ބަދަލުވެ އޭނާ ގެންދިޔައީ ކެލާގައި އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު