ޚަބަރު
ވެލާނާ އެއާޕޯޓުގައި 10 އީ-ގޭޓް ހަރުކޮށް، ހިދުމަތް ދޭން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޒަމާނީ ފެންވަރަކަށް ހަދައި, މިދިޔަ ޖުލައި މަހު ބޭނުން ކުރަން ފެށި ޓާމިނަލް އެކެއްގައި ދިވެހީންނަށް އީ ގޭޓްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މިއަދު ވެލަނާ އެއަޕޯޓްގެ އާ ޓާމިނަލްގައި ބޭއްވި އިވެންޓެއްގައި މި ހިދުމަތް އިފްތިތާހްކޮށްދެއްވީ އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު ފަސީހެވެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ، މި ހިދުމަތް ތައާރަފުކުރެވި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓާމިނަލް 1 ގެ އެރައިވަލްގައި ފަސް އީ-ގޭޓު އަދި ޑިޕާޗާގައި ފަސް އީ-ގޭޓުން ހިދުމަތުގެ ލިބުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި، މި ހިދުމަތުގެ ސަބަބުން ދިވެހީންނަށް ދަތުރުފަތުރުކުރުމުގައި އިތުރު ލުއިފަސޭހަ ލިބިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އީގޭޓެއް ގާއިމުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ޚިދުމަތް އާ ޓާމިނަލްގައި މި ފެށީ މިއަދެވެ.

އީ ގޭޓް ބޭނުން ކުރަން ޖެހޭނީ އީގެޓް ކައިރިއަށް ދިޔުމަށްފަހު ބޯޑިން ޕާހުގެ ބާކޯޑު ޖައްސައިލާށެވެ. ޕާސް ރީޑުކުރި ކަމުގެ ހެޔޮ ފާހަގަ ސްކްރީނަށް އެރުމުން ބޯޑިން ފާސް ނަގާނީއެވެ.

އެއަށްފަހު ދެން ޖެހޭނީ ޕާސްޕޯޓުގެ ބަޔޯ ޑާޓާ ޕޭޖް ސްކްރީނުގައި ޖައްސާލާށެވެ. އެންމެ ފަހު ކަމަކަށް ޕާސްޕޯޓާ ހަވާލުވި ވަގުތު ވެރިފިކޭޝަން ނަގާފައިވާ އިނގިލި ފިންގަ ޕްރިންޓު ރީޑުގައި ޖައްސާލުމުން ގޭޓު ހުޅުވޭނެއެވެ.

މި ހިދުމަތާއެކު ދަތުރުކުރާ ފަސިންޖަރުންނަށް ހިދުމަތް ހޯދުމަތް ފަސޭހަ ވެގެން ދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ހިދުމަތް ފެށިީ ހަމައެކަނި ދިވެހިންނަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު