ޚަބަރު
ބައްސާމް ގޭބަންދަށް ބަދަލުކޮށްފި
ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ހިންގިކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ޖުމުލަ 32 އަހަރަށް ޖަލަށްލާފައި ހުރި ބައްސާމް އަދީލް ޖަލީލް މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ.

ބައްސާމްގެ މައްޗަށް ދައުވާކުރި ދެ މައްސަލައެއްގައި ކުށް ސާބިތުވެ، އޭނާ ގެންދަވަނީ ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އޭނާ ގޭބަންދަށް ބަދަލުކުރިކަން ކަރެކްޝަންސްގެ އޮފިޝަލަކު "ހޯރަ"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މި ކަމުގައި ކަރެކްޝަންސްގެ ރަސްމީ ބަހެއް ނުލިބޭތީ ބަދަލުކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލަތަކާ ގުޅިގެން ބައްސާމް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެއް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލައާ ގުޅިގެން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.

ނަމަވެސް އަމިން ކުންފުނީގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު