ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބައްސާމްގެ މައްޗަށް ހިޔާނާތުގެ އިތުރު ދެ ދައުވާއެއް ސާބިތުވެއްޖެ
އަލީ ރާޒީ
04 ޖެނުއަރީ 2026 - 13:24
0
comments
Tweet
Telegram
ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައިފި އެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ މުއްދަތަށް ޖަލަށްލާފައިވާ ބައްސާމްގެ މައްޗަށް މިއަދު ހުކުމް ކުރި މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލާގައި ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ބައްސާމްގެ މައްޗަށް ވަނީ އުފުލާފައެވެ. މި މައްސަލައިގައި ބައްސާމް ގަނެފައިވާ ޕެންޓްހައުސް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓާފައެވެ.
މިއަދު އޮތް އެ މައްސަލައިގެ ނިޔާ ކަނޑައެޅުމުގެ އަޑުއެހުމުގައި ބައްސާމްގެ މައްޗަށް އެ ދެ ދައުވާ ސާބިތުވާކަމަށް ޣާޒީ މުހައްމަދު މިސްބާހް ވަނީ ހުކުމް ކުރައްވާފަ އެވެ.
މި މައްސަލާގައި ދެން ދައުވާކުރާ މީހުންނާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އޭގެ ތެރެއިން ހަސަން ވަހީދު ވަކީލަކު ނެތުމުން، ވަކީލަކާއެކު ހުލާސާ ބަޔާން އިއްވުން އަންނަ އަންގާރަ ދުވަހަށް ތާވަލުކުރުމަށް ގާޒީ ނިންމެވި އެވެ.
ދެން ދައުވާކުރާ އަގީލާއި އަމިން ކޮންސްޓްރަކްޝަންގެ ބައި ވެސް އެ ދުވަހު ކުރިއަށްގެންދާ ގޮތަށް ނިންމަވައި، ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ރާއްޖޭގައި މަރުވި ސިންގަޕޫރު ދަރިވަރުގެ ސްކޫލާ ދެކޮޅަށް އާއިލާއިން ދައުވާކޮށްފި
6 ދުވަސް ކުރިން
0
ޕާކިސްތާނު ޝެފް އާބިދުގެ މައްޗަށް ބަންގްލަދޭޝް ވެއިޓަރު މަރާލިކަމުގެ ދައުވާ ސާބިތުވެއްޖެ
18 ދުވަސް ކުރިން
0
ކްރިމިނަލް ކޯޓަށް ތިން ގާޒީން ހޯދަނީ
23 ދުވަސް ކުރިން
0
މޭރީ މަރާލި މާވިން އުމުރަށް ޖަލަށްލާން ހުކުމްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
"ޕޮލިސް މެމޯރިއަލް ޑޭ" ފާހަގަކޮށްފި
1 ދުވަސް ކުރިން
0
އައްޑޫގެ އިހުތިސާސް އިން ސަވާހެލި ވަކިކޮށްފި
1 ދުވަސް ކުރިން
0
ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވުމުން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފި
1 ދުވަސް ކުރިން
0
އަސާސީ ބޭހުގެ ލިސްޓު މުރާޖައާކޮށް، އަމަލުކުރަން ފަށަނީ
1 ދުވަސް ކުރިން
0