ރާއްޖޭގައި ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވި ސިންގަޕޫރު ކުއްޖާ.
ރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގެ ތެރޭގައި މަރުވި އުމުރުން 15 އަހަރުގެ ޖެނާ ޗަންގެ މައިންބަފައިން، އެ ކުއްޖާ ކިޔެވި ސެއިންޓް ޖޯސެފް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް (އެސްޖޭއައިއައި) އާ ދެކޮޅަށް އިހުމާލުގެ ދައުވާ އުފުލައިފި އެވެ.
ޖެނާގެ މައިންބަފައިން ކަމަށްވާ ޑރ. ޖެނިފާ ލިއާއު އާއި އަލަން ޗަން ބުނި ގޮތުގައި، ދަރިފުޅުގެ މަރުގެ ހަގީގަތް ހޯދުމަށް ވޭތުވެދިޔަ 20 މަސްދުވަހު ސްކޫލާ އެކު ކުރި މަސައްކަތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާތީ، އެންމެ ފަހުން ޝަރުއީ މަރުހަލާއަށް ދާން މަޖުބޫރުވީ އެވެ.
"މިއީ އަޅުގަނޑުމެން ބޭނުންވި ގޮތެއް ނޫން،" ޑރ. ލިއާއު ބުނެފައިވެ އެވެ."އެއްވެސް އަލިމަގެއް ނުފެނި ދޮޅު އަހަރު ވެގެން ދިޔައީ. އެހެން އެއްވެސް ކުއްޖަކަށް މިފަދަ ހާދިސާއެއް ދިމާނުވާނެކަން ޔަގީން ކުރުމަށް. ޖެނާގެ ފަހުން އެހެން ކުއްޖަކަށް އެފަދަ ހާދިސާއެއް ދިމާނުވާނެކަން ޔަގީން ކުރުމަށް،" ޖެނާގެ މަރާ ގުޅިގެން އާއިލާ އިން ސާފުކުރަން ބޭނުންވާ މައުލޫމާތު ސްކޫލުގެ ފަރާތުން ސާފުކޮށް ނުދޭ ކަމަށާއި ދަތުރުގައި ދަރިވަރުންނާ އެކު ބައިވެރިވި ޓީޗަރުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވެސް ނުދޭ ކަމަށް އާއިލާ އިން ބުނެ އެވެ.ޖެނާގެ 17 ވަނަ އުފަންދުވަހާ ދިމާކޮށް އާއިލާ އިން ސިންގަޕޫރުގެ ހައި ކޯޓަށް މައްސަލަ ހުށަހެޅީ ކޮން ކަހަލަ ބަދަލެއް ހޯދަން ކަމެއް ރިޕޯޓުކޮށްފައެއް ނުވެ އެވެ.ޖެނާ މަރުވީ މޫދަށް ސްނޯކްލިންއަށް ފޭބިތާ މާ ގިނައިރުތަކެއް ނުވެ، އެ ތަނަށް އެ މީހުން ދިޔަ ދޯނީގެ ބުރަފަތީގައި ޖެހިގެންނެވެ. އޭނާ މަރުވީ ލޭ ހުސްވެގެން ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.އެ ކުއްޖާ މަރުވި ހާދިސާއާ ގުޅިގެން ސްކޫލްގެ ވެރިންނާއި މަރުވި ކުއްޖާގެ ބެލެނިވެރިން ވެސް ރާއްޖެ އައިސް، އެ ހާދިސާއާ ބެހޭ މައުލޫމާތު ހޯދާފައިވެ އެވެ.
އެ ހާދިސާއަށް ފަހު ސަރުކާރުން ވަނީ "ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ނުވަތަ އދ. އަތޮޅުގައި ފެހުރިފި އުޅޭ ސަރަހައްދަށް ޓޫރިސްޓުން ގޮވައިގެން ދާ ނަމަ، އެ އުޅަނދެއްގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކޮށްފަ އެވެ.