
ބައްސާމްގެ މައްޗަށް މި މައްސަލައިގައި ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިން ދައުވާކުރީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން، އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓަކަށް ފައިސާ ދެއްކުމުންނެވެ. މި މައްސަލައިގައި އޭނާ 44 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.އެފްއޭއެމްގެ އެހެން މައްސަލައެއްގައި މިހާރު ވެސް ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ބައްސާމްގެ މައްޗަށް މިއަދު އިއްވި ހުކުމާއެކީ، އޭނާ ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތު 32 އަހަރަށް އަރަ އެވެ.ބައްސާމްގެ މައްޗަށް ދައުވާ ސާބިތުވީ، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނި ގޮތުގައި، މި ޗެކުތައް ބޭނުންކުރީ ބައްސާމްގެ ނަން މަތީގައި ހުރި އެޕާޓްމަންޓު ގަންނަން ކަން ސާބިތުވާތީ އާއި ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމްއިން ނެގި ފައިސާ އަނބުރާ އެ އެސޯސިއޭޝަނަށް ވައްދާފައި ނުވާތީ އެވެ.ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރުގެ ހުކުމް ތަންފީޒު ކުރުމަށެވެ.