ވިޔަފާރި
2025 ވަނަ އަހަރު ފަތުރުވެރިން ގެނައުމުގެ ޓާގެޓް ހާސިލެއް ނުވި!
ނިމިގެން މިދިޔަ 2025 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 2.2 މިލިއަން ފަތުރުވެރިންކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

މުޅި އަހަރު އައި ފަތުރުވެރިންގެ ޖުމްލަ 2.25 މިލިއަނަށް އަރަ އެވެ. އެހެންކަމުން، މި އަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒު ކަމަށްވާ 2.3 މިލިއަން ހާސިލުކުރެވިފައިނުވެ އެވެ. ސަރުކާރުން މިދިޔަ އަހަރަށް ކަނޑައެޅި ޓާގެޓް ހާސިލުވުމަށް މަދުވަނީ 153،000އެއްހާ ފަތުރުވެރިންނެވެ.

މިއީ އަހަރުގެ ކުރީކޮޅު އަންދާޒާކުރި އަދަދަށްވުރެ އެއް ލައްކަ މަދު އަދަދެއް ނަމަވެސް، ފަތުރުވެރިކަމުން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މިދިޔަ އަހަރު ފަތުރުވެރިކަމުން ލިބުނު އާމްދަނީ ނުވަތަ ޓޫރިޒަމް ރިސީޓްސް 5.6 ބިލިއަން ޑޮލަރަށް އަރާނެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ފަތުރުވެރިކަމަށް މިދިޔަ އަހަރު އަލަށް ނެރުނު އެނދުގެ އަދަދުވެސް 4،000 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ސަރުކާރުން މިހާރު ވަނީ، އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް ލަފާކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު