ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސަރުކާރުން އުޅެނީ ހަރަދު ކުޑަކުރާކަށް ނޫން: ފައިސަލް
އަލީ އާމިރު
06 ޖެނުއަރީ 2026 - 20:57
0
comments
Tweet
Telegram
މައި ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލަން އުޅެނީ ވެރިކަން ދިފާއުކުރުމަށްޓަކައި ކަމަށާއި، އެކަމަކީ އަމިއްލަ ދަހިވެތި ކަމުގައި ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް ވައްޓާލުން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ނަސީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމަށް އޮންނަ ބާރު ކަމަށާއި ޒިންމާދާރު މަޖިލީހެއް އޮތުމުގެ ފައިދާ ކުރާނީ ސީދާ ރައްޔިތުުންނަށް ކަމަށެވެ.
"ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ޤާނޫނު އަސާސީ އާއި، ޤާނޫނުތަކަށް ގެންނަމުންދާ ބަދަލުތަކަކީ، ހުރިހާ ބާރުތަކެއް ވެރިކަން ކުރާ ފަރާތުގެ މުށު ތެރެޔަށް ގެނައުމަށް ކުރާ މަސައްކަތެއް. މިގޮތަށް މިކަން ކުރުމުން މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލި، ސީދާ ސަރުކާރުގެ ނުފޫޒު މުއައްސަސާތަކުގެ މައްޗަށް ގަދަވެގެން ދޭ. މިކަހަލަ ބަދަލުތަކުން ރައްޔިތުންނަށް ވާނެ މޮޅެއް އޮންނާނެ ކަމަކަށް ނުފެނޭ،" ފައިސަލް ނަސީމް ވިދާޅުވި އެވެ.
ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރަން ބޭނުންވާނަމަ އެންމެ ފުރަތަމަ ބޭކާރު ގޮތުގައި ކުރެވޭ ކަންކަން ހުއްޓާލަން ޖެހެ އެވެ. އަދި ސީދާ އެކަމުން ގައުމަށް ފައިދާ ނުވާ ކަންކަން ހުއްޓާލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ހާއްސަކޮށް ކުރާނެ މަސައްކަތެއް ނެތި، ސިޔާސީ މަގާމުތަކަށް އެއްވެސް އިމެއް އަދި މިނެއް ނެތި މީހުން ގިނަ ކުރުމުން، ހަރަދު ކުޑަ ކުރުމުގެ ވިސްނުން ސަރުކާރުގައި ހުރީ ކިހާ ވަރަކަށްތޯ އެބަ އެނގޭ. ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ވަކި ބަދަލުތަކެއް ގެނެސްގެން، އިންތިޚާބު ކާމިޔާބު ކުރަން މަގު ފަހި ކުރުމަކީ އޭގައި ވަރަށް ގޯސް ކަންތައްތަކެއް ހިނގާނެ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ވެރިކަން ލިބޭ ކޮންމެ ބަޔަކު ވެރިކަމުގައި ތާއަބަދު ތިބުމަށްޓަކައި މަސައްކަތް ފަށައިފިނަމަ އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށްކޮށް ޤައުމުގެ ހަމަޖެހުން ގެއްލި އަދި އިގުތިސާދަށް ލޮޅުން އަރާނެ ކަމަށެވެ.
ފައިސަލްގެ ޕޯސްޓްގައި ވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ފައިސަލް އެދިވަޑައިގެންނެވި ކަންކަން
ރައްޔިތުންގެ މަޖިލީހުގެ މުސްތަޤިއްލުކަން ވަކި ބާރެއްގެ ގޮތުގައި އޮންނަ އޮތުން އެގޮތަށް ބޭއްވުން. މަޖިލީހަށް ގެންނަ ބަދަލަކީ މަޖިލީހުގެ އަދަދު މަދުކޮށް، އަދި މުޅި އަތޮޅުން ވޯޓު ލައިގެން ހޮވާ ބަޔަކަށް ހެދުން.
މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގެ ދައުރަކީ މަޖިލީހުން މިނިވަންކަމާއެކު ކުރާ ކަމެއްގެ ގޮތުގައި ބޭއްވުން.
ފުރިހަމަ މިނިވަން ޖުޑިޝަރީ އަކަށް މަގު ފަހި ކުރުމަށްޓަކައި، ސިޔާސީ މީހުން ޖޭއެސްސީގައި ހިމަނާ ހިމެނުން ދޫކޮށް، ފަނޑިޔާރުންނަށް ފުރިހަމަ މިނިވަަންކަމާއެކު މަސައްކަތް ކުރެވޭނެ މަގު ފަހި ކުރުން.
ދައުލަތުގެ މަޤާމުތައް ދިނުން އިންސާފުވެރިކަމާ އެކު ތައުލީމާއި ތަޖުރިބާއަށް އިސްކަން ދީގެން ކުރިއަށް ގެންދެވޭނެ ގޮތެއް އޮތުން. ވަކި އާއިލާއަކަށް، ނުވަތަ ނިސްބަތްވާ ވަކި ފަރާތަކަށް ނުބެލުން.
އެއް ސަރުކާރުން އަނެއް ސަރުކާރަށް ނަގުލުވާ ކަންކަން ސިޔާސީ ނުކޮށް، ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުން.
އާންމުންގެ ހައްގުތަކަށް އިޙުތިރާމްކޮށް، ދައުލަތުން އާންމު މީހާ ވެސް ބާކީ ނުކޮށް، އޭނާގެ ޙައްޤު އަދާ ކޮށްދިނުން.
ދުވާލަކު ގޮތަކަށް ޤައުމީ ތަރައްޤީގެ މަޝްރޫއުތައް ބަދަލު ނުކޮށް، ދިގު ރާސްތާ އަކަށް އަމާޒު ކޮށްގެން މަޝްރޫއުތައް ރޭވުން.
ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުުރު ކުރުން. ޚާއްސަކޮށް މިހާރު ބޭރު މީހުން އަދާ ކުރަމުންދާ ބޮޑެތި އާމްދަނީ ލިބޭ ފަދަ މަޤާމުތައް ދިވެހިންނަށް ލިބޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުން.
ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރުވުން. ބޭރުގެ ފަރާތް ތަކަށް އެއްކޮށް ބަދަލު ވެގެންދާ ވިޔަފާރިތައް ދިވެހިންގެ އަތް މައްޗަށް އަންނާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރުން.
ދިވެހި ރާއްޖޭގެ ސަރަހައްދީ ތަރައްޤީއަށް އިސްކަން ދިނުން. ޚާއްސަކޮށް ޞިއްޙީ، ތައުލީމު އަދި ދިރިއުޅެވޭނެ ގޮތްތައް އަވަސް ފުރުސަތެއްގައި ފަހިވުން.
މީގެ އިތުރުން ގާނޫނު އަސާސީ އާއި ޤާނޫނުތަކަށް ކުއްލި ބަދަލު ގެނައުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު މިފަދަ މަސައްކަތް ކުރުމަށް ފައިސަލް އެދިވަޑައިގެންނެވި އެވެ. އެ ގޮތުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ، އެހާ ފަސޭހަ އިން ކުރެވޭ ކަމެއްގެ ގޮތުގައި އޮތް އޮތުމާ މެދު ވިސްނައި، ގައުމަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯދުމަށް އެދިވަޑައިގެންފައިވެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. ދައުރުން ބޭރުގައި އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ގަޑިއިރު ކުރިން
0
ސިޔާސީ ހަރަކާތްތަކަށް ބިރުވެރިކަމެއް ނެތް މާހައުލެއް އޮންނަންޖެހޭ: ފައިސަލް
5 ދުވަސް ކުރިން
0
އަތޮޅު ކައުންސިލްތައް ރުޖޫއަ ކުރަން ބިލެއް ހުށަހަޅައިފި
10 ދުވަސް ކުރިން
0
މަޖިލިސް މެންބަރުންނަށް އިންޝުއަރެންސް ފޯރުކޮށްދޭނެ ބަަޔަކު ހޯދަނީ
12 ދުވަސް ކުރިން
0
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6ގައި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިޔާސީ ހަރަކާތްތަކަށް ބިރުވެރިކަމެއް ނެތް މާހައުލެއް އޮންނަންޖެހޭ: ފައިސަލް
3 ގަޑިއިރު ކުރިން
0
މިލަންދޫ އިން 11 ހެކްޓަރުގެ ބިން ހިއްކައިފި
3 ގަޑިއިރު ކުރިން
0
އެހެންކަމަކާއި ވިސްނާނީ ވެސް މި ވެރިކަން ބަދަލުކޮށްފައި: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން
0
މޭޔަރު އާޒިމްއަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
8 ގަޑިއިރު ކުރިން
0