ޚަބަރު
ޝަމާހްގެ މައްސަލައެއް އޭސީސީ އަށް
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކި ކުރި އަހްމަދު ޝަމާހު ރަޝީދުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ޝަމާހްގެ މައްޗަށް ތުހުމަތުވާ ގޮތަށް މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

ޝަމާހް ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރި ފަހުން އޭނަގެ އޯޑިއޯއެއް ކަމަށް ބެލެވޭ އޯޑިއޯއެއް ލީކްވެފައިވެ އެވެ. އެ އޯޑިއޯގައި ކުންފުނީގެ އެތެރޭގައި 'ކުރަން އުޅުނު ކަންތައްތައް' އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒަށާއި އިތުރު އެހެން މީހަކަށް ކަމަށް ވިދާޅުވާ އަޑު އިވެ އެވެ.

"އެއީ އަޅުގަނޑުގެ އަޑެއް ނޫން. އަޅުގަނޑު ދެއްކި ވާހަކަތަކެއް ނޫން. ތި އޯޑިއޯގައި ތި އިވެނީ އަޅުގަނޑު އަލަށް އަޑު އެހި ވާހަކަތަކެއް،" އެއީ ސައްހަ އޯޑިއޯއެއްތޯ އެހުމުން ޝަމާހު ބައެއް މީޑިއާ ތަކަށް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގާފައެއް ނުވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު