ޚަބަރު
ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ނުވެގެން ތިންވަނަ ފަހަރަށް އިއުލާނު ކޮށްފި
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

މިއީ ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނުކުރި ތިންވަނަ ފަހަރެވެ.

މިދިޔަ އަހަރުގެ އޮގަސްޓު އަދި ޑިސެމްބަރުގެ ތެރޭގައި ވެސް ޓްރާންސްޕޯޓުން އެކަމަށް އިއުލާންކުރި ނަމަވެސް އެ ހިދުމަތް ދޭނެ ބަޔަކު ނުލިބި، މިއަދު އަލުން އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މިއަދު ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 25 މާޗެވެ. ޝައުގުވެރިވާ ކުންފުނިތަކުން ރިކުއެސްޓް ފޮ ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް، specialprojects@transport.gov.mv އަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު